ads
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރި މުޒާހަރާގެ ތެރެއިން - ފޮޓޯ: ހިސާން އެކްސް
ކޮމިޝަންގެ މަސައްކަތް ނިންމައި ރިޕޯޓް ރައީސްއަށް ފޮނުވައިފި
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތަށް ނިންމައި، ކޮމިޝަންގެ ރިޕޯޓް ރައީސްއަށް އަރުވައިފިއެވެ.
Advertisement

ކޮމިޝަންގެ މަސައްކަތް ނިންމައި ރިޕޯޓް ހަވާލު ކުރިކަން ކޮމިޝަނުން ހާމަ ކުރީ މިއަދުއެވެ. އެކަމަކު ކޮމިޝަންގެ ރިޕޯޓް އަދި އާއްމު ނުކުރެއެވެ. 

ކޮމިޝަންގެ ރިޕޯޓް ރައީސްއަށް އަރުވައިފި ކަމަށް ކޮމިޝަނުން މިއަދު ބުނިއިރު، މިދިޔަ އޭޕްރީލް މަހުގެ 18 ގައި އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުންވަނީ މިދިޔަ ހަފްތާގައި ބުނެފައެވެ.

ރިޔާސީ ކޮމިޝަނަކީ އިމާރާތެއްގެ މަތިން ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލަން ރައީސް މުއިއްޒު މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ އުފެއްދެވި ފަސް މެމްބަރުންގެ ހާއްސަ ކޮމިޝަނެކެވެ.

އެ ކޮމިޝަން އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.

ފެންޓެނޯއީގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު، މެލޭޝިއާއަށް ގެންދިއުމާ ހަމައަށް ފަރުވާދިނީ އައިޖީއެމްއެޗުގަ އެވެ.  

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ޔުމްނުއާއެކު އެންމެ ފަހުން އުޅުނު ކަމަށް ބެލެވިފައިވާ ރައުދުގެ މައްޗަށްވަނީ ދައުވާކޮށްފައެވެ.  

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނި ގޮތުގައި ރައުދަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އޭގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

ރައުދު މިހާރުވެސް ވަނީ މަހެއްހާ ދުވަހު ބަންދުގައި ހުރެފަ އެވެ. އެހެންވެ ދެން ކުށް ސާބިތުވިޔަސް ތަންފީޒުކުރަން އޮންނަނީ ހަފްތާއެއްހާ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް