ads
ރައީސް މުއިއްޒު
ކޮމިޝަން ރިޕޯޓް އާއްމުކުރަން ރައީސް އަންގަވައިފި
ރިޔާސީ ކޮމިޝަން ރިޕޯޓް އާއްމުކުރަން ރައީސް އަންގަވައިފިއެވެ.
Advertisement

ރިޔާސީ ކޮމިޝަނުން ހެދި ރިޕޯޓް ރައީސްއަށް އެ ކޮމިޝަނުން އެރުވީ މިއަދުއެވެ. ރައީސްވަނީ އެ ރިޕޯޓް އެއްކޮށް އާއްމުކުރަން އަންގަވާފައި ކަމަށް ރައީސް ކުރެެއްވި ޓްވީޓެއްގައި ދެންމެ ވިދާޅުވިއެވެ. 

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެ މައްސަލަ ބެލުމަށްޓަކައި ހާއްސަ ރިޔާސީ ކޮމިޝަނެއް ރައީސް އުފެއްދެވީ އެ މަހުގެ ފަހުކޮޅު އެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުން ރައީސް އުފެއްދެވި ކޮމިޝަންގައި ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.

ކޮމިޝަންގެ ރިޕޯޓް އާއްމު ކުރަން ރައީސް އެންގެވިއިރު، މިދިޔަ އޭޕްރީލް މަހުގެ 18 ގައި އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުންވަނީ މިދިޔަ ހަފްތާގައި ބުނެފައެވެ.

ރިޔާސީ ކޮމިޝަނަކީ އިމާރާތެއްގެ މަތިން ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލަން ރައީސް މުއިއްޒު މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ އުފެއްދެވި ފަސް މެމްބަރުންގެ ހާއްސަ ކޮމިޝަނެކެވެ. 

ފެންޓެނޯއީގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު، މެލޭޝިއާއަށް ގެންދިއުމާ ހަމައަށް ފަރުވާދިނީ އައިޖީއެމްއެޗުގަ އެވެ.  

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ޔުމްނުއާއެކު އެންމެ ފަހުން އުޅުނު ކަމަށް ބެލެވިފައިވާ ރައުދުގެ މައްޗަށްވަނީ ދައުވާކޮށްފައެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް