
ޔުމްނުގެ ވެއްޓުނު މައްސަލާގައި ފުލުހުންގެ ތަހުގީގާއި މެދު އެތައް ބަޔަކު ސުވާކު އުފެއްދުމުން 27 އޭޕްރީލްގައި ރައީސް މުހައްމަދު މުއިއްޒުގެ ވަނީ އެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަނުން ވަނީ ކޮމިޝަންގެ މަސައްކަތް ނިންމައި މިއަދު ރިޕޯޓް ރައީސަށް ފޮނުވާފައެވެ.
ކޮމިޝަނުން ބުނީ ޔުމްނުގެ ވެއްޓުނު މައްސަލަގައި އޭނާގެ ބަޔާން އެ ކޮމިޝަނަށްވެސް ލިބިފައިނުވާކަމަށެވެ. އަދި އެކަމަށް އާއިލާގެ ފަރާތުން އެއްބާރުލުމެއް ނުދިން ކަމަށްވެސް އެ ކޮމިޝަނުން ބުނެެއެވެ. ރިޔާސީ ކޮމިޝަނުން އެ ކޮމިޝަންގެ މަސައްކަތް ނިންމާ ރައީސަށް ފޮނުވި ރިޕޯޓުގައިވެސް ޔުމްނުގެ ބަޔާނެއް ނުވާނެއެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓް އާއްމުކުރުމަށް ރައީސް މުއިއްޒުވަނީ ކޮމިޝަނަށް އަންގަވާފައެވެ.
ޔުމުންގެ މައްސަލައިގެ ތަހުގީގަށް ޔުމްނު އާ ސުވާލު ކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނަށް އަދިވެސް އާއިލާގެ ފަރާތުން ފަހިކޮށްދީފައި ނުވާކަމަށް ދާދި ފަހުން ފުލުހުންވެސް ވަނީ ބުނެފައެވެ. މެލޭޝިއާގެ ފުލުހުން މެދުވެރިކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.