ads
ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވަނީ:
ޔުމުނު ހޮސްޕިޓަލުން ދޫކޮށްލައިފި، އޮތީ ބަޔާންދެވޭ ހާލަތެއްގައި ނޫން : އާއިލާ
މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒް ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ފަރުވާއަށް ފަހު ގެއަށް ދޫކޮށްލާފައިވާކަމަށް އާއިލާއިން ބުނެފިއެވެ.
Advertisement

އައިޖީއެމްއެޗުގައި 10 ދުވަސްވަންދެން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންގޮސްފައިވަނީ 26 އޭޕްރީލްގައެވެ. އޭގެ ފަހުން އޭނާ ހޭ އެރީ ހާދިސާ ހިނގިތާ 17 ދުވަސްފަހުންނެވެ. 

ޔުމްނުއަށް މެލޭޝިއާގެ ދެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވައިވާއިރު ގިނަ ސާޖަރީތަކެއްވެސް ވަނީ ހަދާފައެވެ. އޭގެތެރޭގައި ނުރައްކާތެރި ރިސްކު ބޮޑު ސާޖަރީތައްވެސް ހިމެނެއެވެ. 

ޔުމްނުގެ އާއިލާއިން ބުނީ ފަރުވާއަށް ފަހު މީގެ ހަފްތާއެއްހާ ދުވަސްކުރިން ޔުމުނު ހޮސްޕިޓަލުން ގެއަށް ބަދަލުކޮށްފައިވާކަމަށެވެ. ޔުމްނުގެ ހާލު ރަނގަޅުވަމުން އައި ނަމަވެސް އަދިވެސް އޮތީ އެނދުގައިކަން ފާހަގަކުރަމުން އެ އާއިލާއިން ބުނީ ޔުމްނު އަދިވެސް އޮތީ ތަހުގީގަށް ބަޔާބްދެވޭ ހާލަތެއްގައި ނޫންކަމަށެވެ. 

ޔުމްނުގެ ވެއްޓުނު މައްސަލާގައި ފުލުހުންގެ ތަހުގީގާއި މެދު އެތައް ބަޔަކު ސުވާކު އުފެއްދުމުން 27 އޭޕްރީލްގައި ރައީސް މުހައްމަދު މުއިއްޒުގެ ވަނީ އެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަނުން ވަނީ ކޮމިޝަންގެ މަސައްކަތް ނިންމައި މިއަދު ރިޕޯޓް ރައީސަށް ފޮނުވާފައެވެ. 

ކޮމިޝަނުން ބުނީ ޔުމްނުގެ ވެއްޓުނު މައްސަލަގައި އޭނާގެ ބަޔާން އެ ކޮމިޝަނަށްވެސް ލިބިފައިނުވާކަމަށެވެ. އަދި އެކަމަށް އާއިލާގެ ފަރާތުން އެއްބާރުލުމެއް ނުދިން ކަމަށްވެސް އެ ކޮމިޝަނުން ބުނެެއެވެ. ރިޔާސީ ކޮމިޝަނުން އެ ކޮމިޝަންގެ މަސައްކަތް ނިންމާ ރައީސަށް ފޮނުވި ރިޕޯޓުގައިވެސް ޔުމްނުގެ ބަޔާނެއް ނުވާނެއެވެ. 

އާއިލާއިން ވަނީ ކޮމިޝަންގެ މި ވާހަކަތައް ދޮގުކޮށްފައެވެ. އެގޮތުން ރިޔާސީ ކޮމިޝަނަށް ޔުމްނުގެ މެޑިކަލް ރިޕޯޓް ހުށައަޅާފައިވާކަމަށާއި އެ ރިޕޯޓްގައި ޔުމުނު އަދީ ބަޔާންދޭން ސިއްހީ ހާލަތު ތަން ނުދޭކަން ބަޔާންކޮށްފައިވާކަންވެސް އާއިލާއިން ބުނެއެވެ. 

ރިޔާސީ ކޮމިޝަންގެ ރިޕޯޓް އާއްމުކުރުމަށް ރައީސް މުއިއްޒުވަނީ ކޮމިޝަނަށް އަންގަވާފައެވެ. 

30%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް