ads
އިހުސާން އަދި ދާއޫދު
ކޮމިޝަން ރިޕޯޓް: ދާއޫދުއާއި މިނިސްޓަރުގެ އިހްސާންގެ ޗެޓުލޮގެއް!
ސަސްޕެންޑްކޮށްފައިވާ ރައީސް އޮފީހުގެ އަންޑަރ ސެކެއްޓްރީ ދާއޫދު އަހްމަދާއި، ހޯމް މިނިސްޓަރު އަލީ އިހްސާންގެ، ޔުމްނު ވެއްޓިފައި އޮތް މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދުގެ ހައްޔަރާ ގުޅިގެން ފޯނުން މުއާމަލާތްކޮށްފައިވާ ކަމަށާއި، ދެ މީހުންގެ މެދުގައި ކުރެވުނު ޗެޓެއްގެ ތަފްސީލް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި އާއްމުކޮށްފިއެވެ.
Advertisement

ރިޕޯޓުގައިވާ ގޮތުން ދާއޫދު، މިނިސްޓަރު އަލީ އިހްސާނަށް ގުޅީ، 18 އޭޕްރީލް ދުވަހުގެ މެންދުރު ފަހުއެވެ. އެއީ ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު ދުވަހެވެ.

ރިޕޯޓުގައިވާ ގޮތުން ދާއޫދު، އިސްހާނަށް ގުޅާފައި ބުނީ "ކޮއްކޮ ހައްޔަރުކޮށްގެން ގެންގޮސްފި" ކަމަށެވެ. ދާއޫދުގެ ކޮއްކޮއަކީ ރައުދުއެވެ. ދާއޫދު އެހެން ބުނުމުން އެކަން ބަލައިލާނެ ކަމަށް އިހްސާނު ވިދާޅުވި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި އެބައޮތެވެ. 

ރިޕޯޓުގައިވާ ގޮތުން އެ ކޯލް ކުރިއިރު އިހްސާން ހުންނެވީ ރާއްޖޭން ބޭރަށް ދިޔުމަށް އެއަރޕޯޓުގައެވެ. އެ ކޯލުގެ ފަހުން މެސެޖުން ދާއޫދާއި އިހްސާން ވާހަކަ ދެއްކިކަން ރިޕޯޓުގައި މެސެޖުތަކުގެ ތަފްސީލާއެކު ހާމަކޮށްފައި އެބައޮތެވެ. އެރޭ ރޭގަނޑުވެސް ދާއޫދާއި އިހްސާން ފޯނުން މުއާމަލާތް ކުރިކަމަށް ރިޕޯޓޫގައި ބަޔާންކޮށްފައި އެބައޮތެވެ. 

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ފުލުހުންގެ އޮޕަރޭޝަނާ ގުޅޭ ގޮތުން ބައެއް މައުލޫމާތު އިހުސާންވަނީ ދާއޫދުއަށް ދީފައެވެ. އިހުސާންއާ ދާއޫދުއާ ދެމެދު ފޯނުން 19 އޭޕްރީލް ދުވަހުވެސް މުއާމަލާތް ކުރެވުނުކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި ދާއޫދު ހައްޔަރު ނުކުރާކަމާއި ފުލުހުން ބޭނުންވީ އެ މީހުންގެ ގެ ބަލައި ފާސް ކުރަން ކަންވެސް ދާއޫދު ފަހުންވަނީ އިހުސާންއަށް އަންގާފައި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. 

ރިޕޯޓުގައިވާ ގޮތުން ދާއޫދު އިހްސާނަށް ކުރި ކޯލަކާ ގުޅިގެން އިހުސާންވަނީ އޭރުގެ ޕޮލިސް ކޮމިޝަނަރު ނުވަަތަ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރަށް ގުޅުއްވައިފައެވެ. އަދި އެ ކޯލަށް ފަހު، އިހުސާން، ދާއޫދަށް ގުޅިކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ރިޔާސީ އިންތިހާބު ދުވަސްވަރުން ފެށިގެން އިހުސާން، ދާއޫދު ދަނެއެވެ. 

18%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
55%
ވަރަށް ސަލާމް
ކޮމެންޓްސް