
ރައީސް މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން އެ މައްސަލަ ބެލުމަށް ފަހު އެކުލަވާލި ރިޕޯޓް މިއަދު ވަނީ އާއްމުކޮށްފައެވެ.
ކޮމިޝަނުން މިއަދު ނެރުނު ރިޕޯޓްގައި ބުނީ ހައްވާ ޔުމްނު ރަޝީދުގެ ވަނީ ގަސްދުގައި ވައްޓާލާފައި ކަމަށް ނޫނީ އޭނާ އަމިއްލަ އިހްތިޔާރުގައި ފުންމާލާފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އެހެންނަމަވެސް ބުރަވެވެނީ ޔުމްނު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީކަމަށްކަމަށް އެ ރިޕޯޓްގައިވެއެވެ.
ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނީ ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށެވެ. އަދި އެރޭ ހިނގައި ދިޔަ ބައެއް ކަންކަން ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން
- ހާދިސާ ހިނގިރޭ ހައްވާ ޔުމްއާއި ރާޢޫދު އަހްމަދާ ބައްދަލުވި ހިސާބުން ފެށިގެން ހާދިސާ ހިނގި ވަގުތާ ހަމައަށް އެދެމީހުންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގިކަން ނުވަތަ ރުޅިވެރިކަމެއް އުފެދުނުކަން އެނގެން. ނެތްކަމާއި އެންމެފަހުން ހައްވާ ޔުމުނު ސިޑިން މައްޗަށް އަރަނިވެސް އަމިއްލަ އިމްތިޔާރުގައި އެއްވެސް މަބޫރުކަމެއް ނެތްކަން.
- ޔުމްނު ވެއްޓުނު ގެއަށް އޭނާ ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމުން، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް އޭނާ ގެންދިޔަކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތްކަން
- ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށް، އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަން ވެސް އެނގޭ އޮންނަ ކަން.
- ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށާއި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތްކަން.
ޔުމްނު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުން ކަމަށް ބެލެވޭ ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެއެވެ.