ވިލިމާލޭގައި ބޮޑު މިސްކިތެއް އަޅަނީ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައިކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
ވިލިމާލެގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރަނީ ހެޔޮ އެދޭ ފަރާތަކުންކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މިސްކިތް ބިނާކުރަން އެ ފަރާތާއި ހަވާލުކުރީ 2 އަހަރު ތެރޭގައި މަސައްކަތް ނިންމާގޮތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މިސްކިތް ބިނާކުރެވިގެންދާނީ ގުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައްވެސް ހިމެނޭހެންކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކުން އަންނަނީ މިސްކިތްތައް ބިނާ ކުރަމުންނެވެ.