ads
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ގުރައިދޫ މަރުކަޒަށް ކުޑޫއަށް ނުވަދެވިގެން މައްސަލަ ކޮމެޓީއަށް
ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ފަހިކޮށްނުދިން މައްސަލަ ދިރާސާ ކުރުމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
Advertisement

މި މައްސަލަ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު ކުޑޫ ރައްޔިތުންގެ މަޖިލީހުގެ ލެޓާހެޑުގައި ސިޓީއެއް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއަށް ފޮނުވީ އެޕްރީލް 19 ގައެވެ. ސިޓީގައި އެ މަރުކަޒުގެ ހާލަތު ދެނެގަނެ ރިޕޯޓެއް ތައްޔާރު ކުރުމުގެ ބޭނުމަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ހޯދުމަށް އެދިފައިވާއިރު ގާތްގަނޑަކަށް ދެ މަސްދުވަސް ފާއިތުވެގެންދިޔައިރު ވެސް ހެލްތު މިނިސްޓްރީގެ ފަރާތުން ޖަވާބު ދީފައި ނުވެއެވެ.

މި މައްސަލަ އިމްތިޔާޒްގެ މައްސަލައެއްގެ ގޮތުގައި މެންބަރު ކުޑޫ މަޖިލީހަށް ހުށަހެޅުއްވީ ސިޓީއަށް ޖަވާބެއް ނުދިނުމަކީ ރައްޔިތުންގެ މަޖިލިސްގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތަބާނުވުން ކަމަށް ސިފަކުރައްވައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ހުރިހާ އޮފީހަކުން އެއްބާރުލުން ދިނުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ލާޒިމު ކަމެކެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ ސަރުކާރު ހިންގާ ޕީއެންސީ އާއި އެމްޑީޕީ މެންބަރުންގެ ތާއީދާއެކުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް