ads
އައްޑޫ ހޮސްޕިޓަލް
ރޯގާ އިތުރުވެ, އައްޑޫގައި ފުލޫ ކްލިނިކެއް ގާއިމުކޮށްފި
ރޯގާއާއި ހަމުގެ ބަލިތައް އިތުރުވަމުން ދިއުމާ ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފުލޫ ކްލިނިކެއް ގާއިމުކޮށްފިއެވެ.
Advertisement

މި ކްލިނިކް ހުޅުވާފައިވަނީ އެ ހޮސްޕިޓަލްގެ ހިތްފަހި ކްލިނިކުގައެވެ. 

ކްލިނިކް ހުޅުވާފައި ވަނީ އިންފުލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވުމާއި ހައްޖާޖީން އެނބުރި އައުމާ ގުޅިގެން ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅުމުގެ ގޮތުންނެވެ. މި ފުލޫ ކްލިނިކް ހުޅުވިފައި ހުންނާނީ 18 ޖޫން އިން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށެވެ. 

ހުންއައިސް ރޯގާޖެހި، ކެއްސާ އަދި ނޭވާލާން އުނދަގޫވާނަމަ މިކްލިނިކަށް ދިއުމަށް އިކުއެޓޯރިއަލް ހޮސްޕިޓަލުން އެދިފައިވެއެވެ. އަދި ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދާ ފަރާތްތަކުން މާސްކު އަޅައިގެން ދިއުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކަށް މާލޭގައި ވެސް ވަނީ ފުލޫ ކްލިނިކްތަކެއް ގާއިމުކޮށްފައެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް އާއި ހުޅުމާލޭ ހޮސްޕިޓަލްގައި މި ކްލިނިކްތައް ގާއިމުކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް