ads
ޗައިނާ ސްރީލަންކާ މޯލްޑިވްސް ޓޫރިޒަމް ފޯރަމްގެ ތެރެއިން
ތިން ގައުމުގެ ޓޫރިޒަމް ގުޅުން ވަރުގަދަކުރަން ބޭއްވި ފޯރަމްގައި ރާއްޖެ ބައިވެރިވެއްޖެ
ޗައިނާ، ސްރީލަންކާ އަދި ރާއްޖެއާއި ދެމެދު ޓޫރިޒަމްގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އަމާޒުކޮށްގެން ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބޭއްވުނު ޓޫރިޒަމް ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
Advertisement

މި ފޯރަމްގައި ރާއްޖެ ތަމްސީލްކުރީ ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފަރާތުންނެވެ.

މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ތިން ގައުމުގެ ދެމެދުގައި ޓޫރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމެވެ. 

"މި ފޯރަމަކީ ޗައިނާ، ސްރީލަންކާ އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސްފަރާތްތައް އެއްތަނަކަށް ޖަމާވެ، އެކުގައި މަސައްކަތްކުރުމަށް ލިބުނު މުހިންމު ފުރުސަތެއް،" ކަމަށް ދިވެހި ވަފުދުން ފާހަގަކުރިއެވެ.

ދިވެހި ވަފުދުން ފޯރަމްގައި ސަގާފީ ޓޫރިޒަމާ ގުޅޭގޮތުން މަޝްވަރާކޮށް، ތިން ގައުމުގެ މެދުގައި ވަރުގަދަ ގުޅުމެއް ގާއިމްކުރުމަށް މަގުފަހިކުރާނެ ގޮތްތަކާ މެދު ވާހަކަދެއްކިކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށް ވަނީ އަމާޒުހިފާފައެވެ. މި ފޯރަމްގެ ސަބަބުން ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް