ޝޯގައި ކަޕިލް ސަލްމާނަށް ސުވާލު ކުރީ އާމިރު ހާން އާ ގާލްފްރެންޑެއް ތައާރަފުކުރި ވާހަކައިގެ މައްޗަށެވެ.
މި ސީޒަންގައި ކަޕިލް ޝަރމާއާއެކު ސުނިލް ގްރޯވަރު ވެސް ޝޯއަށް އެނބުރި އައިސްފައިވެއެވެ. މިއީ ދެބަސްވުންތައް އުފެދުމަށްފަހު ދެފަރާތް އެއްބައިވެ ޝޯގައި އެކުވެރިކަމާއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. އަދި ނަވްޖޮތް ސިންގް ސިދު އަދި އަރުޗަނާ ޕުރަން ސިންގް ވެސް މި ސީޒަނަށް އެނބުރި އައިސްފައިވެއެވެ. ކުރިން މި ޝޯ ޓީވީގެނެސްދިނުމަށްފަހު އަދި ފަހުން ނެޓްފްލިކްސް އަށް ބަދަލުވެފައިވާއިރު، މި ޝޯއަށް ނެޓްފިލިކްސްގައި ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.