އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން، "ވާނުވާ" ބަންދު ޖެހި މި އަންހެން މީހާއަކީ، އުމުރުން 34 އަހަރުގެ އަންހެނެކެވެ. ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ތައިލެންޑް މި އަންހެން މީހާއަށް ކިޔަނީ، މިސް ޕޯންނިޕާ ސުޖާއެވެ.
މި މައްސަލައިގައި އެ އަންހެން މީހާއާ ދެކޮޅަށް ދައުވާ ކުރަން ޕީޖީ އޮފީހުން ތައްޔާރުވެފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި އަންހެން މީހާގެ މައްޗަށް ތުހުމަތު ކުރެވެނީ އިންތިޒާމް ވެގެން ބޮޑު ނެޓްވޯކެއްގެ ތެރެއިން ގުޅިގެން ހިންގާ ކުށެއްގެ ގޮތުގައެވެ.
މި އަންހެން މީހާ ހައްޔަރު ކުރީ ބަރަހަނާކޮށް ހުއްޓާ ކަމަށް ބަންދު އަމުރު ރިޕޯޓުގައި ބުނެފައިވެއެވެ. އޭނާއާއެކު އެހެން މީހަކު އޭރު ހުރިކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.