ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އުސްހަކުރު އަހްމަދު ވަހީދު (މެލްބެ)
މިއުޒިކީ ހިދުމަތްތެރިޔާ މެލްބެ ނިޔާވެއްޖެ
ރާއްޖޭގައި އެންމެ ފުރަތަމަ ބޭންޑްތައް އުފައްދައިގެން މިއުޒިކް ކުޅުއްވި ފަންނާނުންގެ ތެރޭގައި ހިމެނޭ، އުސްހަކުރު އަހްމަދު ވަހީދު (މެލްބެ) ނިޔާވެއްޖެއެވެ.
Advertisement

އަހްމަދު ވަހީދު މިއަދު ނިޔާވީ ހިތުގެ ބައްޔާއި ކިޑްނީ ފެއިލްވެ ޑައިލަސިސް ހައްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށެވެ. 

ނިޔާވިއިރު އުމުރުފުޅަކީ 76 އަހަރުއެވެ. 

ކަށުނަމާދު އޮތީ މިއަދުގެ މެންދުރުގެ ނަމާދަށް ފަހު، އާސަހަރާ މިސްކިތުގައެވެ. 

މެލްބެއަކީ 1960ގެ އަހަރުތަކުން ފެށިގެން މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވަމުން ގެންދެވި ފަންނާނެކެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ވިޔަފާރީގެ އުސޫލުން މިއުޒިކް ކުޅެން ފެށި ބޭންޑްތަކުގެ ތެރޭގައި ހިމެނޭ "ސިލޫޓްސް"ގައި މެލްބެ ވަނީ އިސް ދައުރެއް އަދާ ކުރައްވައިފައެވެ.

މެލްބެއަކީ ގިނަ މިއުޒިކް އިންސްޓްރޫމަންޓަށް ވަރަށް ފަރިތަ ބޭފުޅެކެވެ. ޚާއްސަކޮށް މިއުޒިކްގެ ކޯޑްތަކަށް އޭނާ ވަރަށް ކުޅަދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް