ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އައްޑޫ ސިޓީ ކޮވިޑްތެރޭގައި: ފޮޓޯ އަވަސް
އައްޑޫގައި އިންފުލުއެންޒާ އިތުރުވަނީ، ސަމާލުވުމަށް އިލްތިމާސްކޮށްފި
އައްޑޫ ސިޓީގައި އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ އިތުރުވަމުންދާތީ، ރައްޔިތުން މިކަމަށް ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.
Advertisement

ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އައްޑޫ ސިޓީގައި މި ދެބާވަތުގެ ބަލި ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބަލިން ރައްކާތެރިވުމަށްޓަކައި އަރިދަފުސް ރޯގާ ނުވަތަ އިންފުލުއެންޒާ ޖެހިއްޖެނަމަ، ކެއްސާއިރާއި ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށް ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެއެވެ. އަދި މީގެ އިތުރުން، ބަލިޖެހިފައިވާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ހާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތައް މިފަދަ ތަންތަނަށް ނުގެންދިއުމަށް އެދިފައިވެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ، ހޮސްޕިޓަލަށް ކޮންމެހެން ދާންޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުމަށާއި، ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ހޮސްޕިޓަލަށް ނުގެންދިއުމަށެވެ. އަދި ޑޮކްޓަރަށް ދައްކަން ދާއިރުވެސް، ބަލިމީހާއާއެކު ވީހާވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް