މީރާ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ މިއަދުން ފެށިގެން ޖުލައި މަހުގެ 6 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.
މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީރާގެ ބޯޑުގައި މިވަގުތު ތިބީ ޗެއާޕާސަން އަހުމަދު ސާއިދު މުސްތަފާ އާއި ޑެޕިއުޓީ ޗެއާޕާސަން ލީނާ މުހައްމަދު ޒާހިރު ހުސައިން އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ގެ އިތުރުން އައިޝަތު އަޝާ އަލީ އާއި ދަހާ ޝުއައިބު އާއި މުމްތާޒް އަބްދުއްރަޝީދު އަދި ހުޝާމް ވަހީދެވެ.