ޓެދަރުން މި ވޮލެޓްތައް ބްލޮކްކުރީ އާދީއްތަ ދުވަހު ހެނދުނު 9:15 ގައިކަން ޓްރޮންސްކޭން ބްލޮކްޗެއިން ޑޭޓާއިން ދައްކައެވެ. އެ ފައިސާ ފްރީޒްކޮށްފައިވަނީ މަނީ ލޯންޑްރިން، ޓެރަރިޒަމް ފައިނޭންސްކުރުން އަދި ނިއުކުލިއާ ހަތިޔާރު އުފެއްދުމަށް ފައިނޭންސްކުރުން ފަދަ ކަންކަމަށް ބޭނުންކުރެވިދާނެ ކަމަށް ޝައްކުކުރެވުމާ ގުޅިގެންނެވެ.
ޓެދަރުން މި ވޮލެޓްތައް ބްލޮކްކުރި ދުވަހާ ދިމާވަނީ ރާއްޖޭގައި މިހާރު މަގުބޫލުކަން ހޯދާފައިވާ ޖެމްކިއު ނުވަތަ ޖީއެމްސީއީ ސްކީމްގައި ބައިވެރިވި ފަރާތްތަކަށް ފައިސާ ވިތްޑްރޯކުރުން ނުވަތަ ނެގުމަށް ދަތިތަކެއް ދިމާވި ދުވަހެވެ. ގިނަ ބަޔަކު ދެކޭގޮތުގައި، ޓެދަރުން ފްރީޒްކުރި ފައިސާއަކީ ޖެމްކިއުއާ ގުޅުންހުރި ފައިސާކަމަށް ބެލެވެއެވެ.
ފައިސާ ދައުރުކުރިގޮތް ދައްކުވައިދޭ ޗާޓެއް
ޖެމްކިއުގައި ބައިވެރިވި ގިނަ ފަރާތްތަކުން ޓެލެގްރާމް ގްރޫޕްތަކުގައި ފާޅުކުރާ ކަންބޮޑުވުންތަކުން ދޭހަވަނީ އެއް ދުވަހެއްގައި ދެ ހާދިސާ ހިނގާފައިވާތީ އެއީ ގުޅުންހުރި ކަމެއްކަމަށެވެ.
ދިވެހި ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ޖެމްކިއުއަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާކަމަށް ބުނެފައިވެއެވެ.
މިއަދު ޖެމްކިއު ޓެލެގްރާމް ގްރޫޕްތަކުގައި ބައިވެރިން "ޑިޕޮސިޓް ކުރެވޭ، ވިތުޑްރޯ ނުކުރެވޭ" ކަމަށް ބުނެ ޝަކުވާކުރަމުންދާއިރު، ޓެދަރުގެ އެޅި ފިޔަވަޅާއި މި މައްސަލަ ގުޅުންހުރިކަމަށް ބެލެވެއެވެ.
މުހިންމު ބައެއް ތާރީހުތައް: