ads
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު
އެމްޑީޕީން މުލިއާގެ ކައިރިއަށް އެއްވާން ނިންމުމުން ގާނޫނަށް ތަބާވާން ސަރުކާރުން ގޮވާލައިފި
އެމްޑީޕީން އެޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި މުލިއާގޭ ކަންމައްޗަށް އެއްވާން ނިންމުމާ ގުޅިގެން، ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރުން ގޮވާލައިފިއެވެ.
Advertisement

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ހިންގާ ހަރަކާތްތައް ބޭއްވުމަށް ތަނެއް ހަމަޖެހިފައި ނުވާތީ، މުލިއާގޭ ކަންމަތީގައި އެކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިކަމާ ގުޅިގެން ސަރުކާރުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު މިރޭ ވިދާޅުވީ، ކުރިން ހުއްދަނެގުމަކާނުލާ، ސިޔާސީ ހަރަކާތް ހިންގޭނެ ސަރަހައްދުތަކެއް ކަނޑައެޅިފައިވާ ކަމާއި، އެ ސަރަހައްދުތަކަކީ ކާނިވާ ސަރަހައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު، އުސްފަސްގަނޑާއި ރަސްފަންނު ކަމަށެވެ. 

ސަރުކާރުން ވަނީ މި ސަރަހައްދުތަކުގެ ބޭރުން ސިޔާސީ ހަރަކާތްތައް ހިންގުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިގޮތުގައި، ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބޭފުޅުންތަކެއް ޕާޓީއާ ގުޅިވަޑައިގެންނެވިކަން ފާހަގަކުރުމަށް ހަފްލާއެއް ބާއްވަން އެދުމުން، ސަރުކާރުން އެކަމަށް ހުރަސްއަޅާ ކަމަށް ތުހުމަތުކުރައްވައިފިއެވެ. ނަމަވެސް ސަރުކާރުން ބުނާގޮތުގައި ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ދެމެހެއްޓުމަށްޓަކައި، ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމަކީ މުހިންމު ކަމެއްކަމަށް ހީނާ މިރޭ ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް