
ބ. އަތޮޅުގެ ރީތި ގުދުރަތީ މަންޒަރުތަކުގައި ނެގިފައިވާ މި ލަވައަކީ "ނޫކުލައިގެ ރީތިކަން" ތީމްގައި ތައްޔާރުކުރެވޭ ލަވައެއް ކަމަށްވެއެވެ.
ލަވައިގެ ޕްރޮޑިއުސަރާ ޑައިރެކްޓާ ގޮތުގައި އަޖްނާޒް އަލީ މަސައްކަތްކުރާއިރު، އޭނާގެ އެޑްވައިޒަރެއްގެ ގޮތުގައި ކުޅަދާނަ ޑައިރެކްޓަރު މޫނިން ފުވާދު މަސައްކަތްކުރެއެވެ. ޕްރޮޑަކްޝަން މެނޭޖަރު އަދި ޑިޒައިނަރެއްގެ ގޮތުން މަގުބޫލު އެކްޓަރު ކޮޕީ އިސްމާއިލް ރަޝީދު މަސައްކަތްކުރާއިރު، ލަވަ އެޑިޓްކުރަނީ ކުޅަދާނަ އެޑިޓަރު އަހުމަދު އާސިމްއެވެ. އަދި މިއުޒިކް ތައްޔާރުކޮށް ލަވަ ކިޔަނީ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ)އެވެ. ލަވައިގެ ކްރިއޯގްރާފަކީ އަލީ ފިޒާމް ފިއްޓެއެވެ. ލަވައިގެ ކެމެރޭ ހޭންޑަލް ކުރަނީ ލައިޓްސް އެންޑް ސައުންޑު ސްޑޫޑިއޯގެ ފަރާތުން ސަމާހު އެވެ.
ލަވައިގެ ޕްރޮޑިއުސަރު އަދި މެއިން އެއް ކާސްޓު އަޖްނާޒް އަލީ
މި ލަވައަށް އެއްގަމާއި، ކަނޑާއި، މޫދާއި، ކަނޑު އަޑީގެ އަދި ޑްރޯން މަންޒަރުތައް ވަނީ ނައިގައިފައެވެ. އަދި ލަވައިގެ ފުލްޝޫޓިން މިހާރު ވަނީ ނިމިފައެވެ.
އަޖްނާޒްގެ ލަވައިގެ މަންޒަރުތައް ނަގަނީ
ލަވައިގެ މަންޒަރުތައް ނެގުމުގައި އެޑްވައިޒަރު މޫމިން އަދި ކެމެނެރާމަން
އަޖްނާޒް އަލީއަކީ 2007 ވަނަ އަހަރުން ފެށިން ދިވެހި ފިލްމި އިންޑަސްޓްރީގައި، ހާއްސަކޮށް އެކްޓިން ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ މީހެކެވެ. މިގޮތުން މޫމިން ފުވާދުގެ "ގަމިނި" އަދި "މެންދަން" ފިލްމުތަކުގައި އަޖްނާޒް އަދާކޮށްފައިވާ ރޯލުތަކުން ގިނަބަޔަކު ވަނީ އާޝޯހު ކޮށްލާފައެވެ. މީގެއިތުރުން، އަޖްނާޒް މިވަގުތު ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަނީ ސައިންސް ފިކްޝަން ފިލްމެއް އުފެއްދުމުގެ މަސައްކަތުގައިކަމަށާއި، އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ އަޖްނާޒް ކަމަށްވެސް މައުލޫމާތުލިބެއެވެ.