އަންނަ މަހު ދައުރު ހަމަވާ ހަތަރު މެންބަރެއްގެ އިންތިހާބު ފުރަތަމަ ބޭއްވީ މޭ މަހު ފަހުކޮޅުއެވެ. އޭގެ ފަހުން އެގްޒެކެޓިވް ކޮމިޓީއަށް ނައިބު ރައީސާއި ދެ މެންބަރުން އިންތިޚާބުކުރުމަށް ބުރާސްފަތި ދުވަހު "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ އިންތިހާބުގެ ދެވަނަ ބުރު ވަނީ ބާއްވާފައެވެ. ދެވަނަ ބުރުގައި ފަސް ވަކީލުން ވާދަކުރިއެވެ.
ބާ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 1086 ޤާނޫނީ ވަކީލުން ނެވެ. ވޯޓުގެ އަގުލަބިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސްކަމަށް ހޮވުނީ އިބްރާހީމް ޝަމީލް އެވެ. އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް، ހޮވުނީ އަބްދުالله ނާހިދު އަދި އަހްމަދު ޝާފިއު އެވެ.