ފުވައްމުލަކު ސިޓީގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީގެ އިސް ބޭފުޅުން މިހާރުވެސް އެމްޑީޕީއާ ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެހެންކަމުން ޑިމޮކްރެޓްސް އެމްޑީޕީން ގުޅުނު ވާހަކަތައް އިވުނު ގޮތަށް ދެން އިވޭނީ ޕީއެންސީގެ އިސް ބޭފުޅުން އެމްޑީޕީއާ ގުޅޭ ވާހަކަ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިއަދުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުން މަގުފުރެއްދުމަށް ދޮގު ވިއްކަން އުޅުއްވި ދުވަސް މިހާރު ނިމިއްޖެކަމަށް ޝާހިދު ވިދާޚުވިއެވެ.
ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމީ އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފާސްކުރި ގަރާރަކުންނެވެ. އަދި މިކަމަށް ހާއްސަ ޖަލްސާއެއް ބާއްވަން އެމްޑީޕީން އަންނަނީ ތައްޔާރު ވަމުންނެވެ.