ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މާފުށި ޖަލު
މައި ޖަލު ހަދައިދޭން، އެމެރިކާ، ޗައިނާ އަދި މެލޭ ޝައުގުވެރިވެއްޖެ
އުތުރު ތިލަފަޅުގައި ތަރައްގީ ކުރަން ނިންމާފައިވާ "ހޯޕް އައިލޭންޑް" އާއި މައި ޖަލު ތަރައްގީކޮށްދޭން ހަތަރު ކުންފުންޏަކުން ކުރިމަތިލައިފިއެވެ.
Advertisement

މި ދެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމަށް ހޯމް މިނިސްޓްރީން  ހުޅުވާލި ފުރުސަތު ހަމަވީ މިދިޔަ މަހުގެ 18 ވަނަދުވަހުއެވެ. 

ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ "ހޯޕް އައިލޭންޑް" އާއި މައި ޖަލު ތަރައްގީކޮށްދޭން ހަތަރު ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށެވެ. އޭގެތެރެއިން އެންމެ ރަނގަޅު ބަޔަކާ، އަންނަ މަހުގެ ތެރޭގައި މަސައްކަތް ހަވާލު ކުރާނެ ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

"ހޯޕް އައިލޭންޑް" އާއި މައި ޖަލު ތަރައްގީކޮށްދޭން ކުރިމަތިލާ ފަރާތްތައް 

  • ދިވެހި ކުންފުންޏެއް
  • އެމެރިކާގެ ކުންފުންޏެއް 
  • ޗައިނާ ކުންފުންޏެއް
  • މެލޭޝިއާ ކުންފުންޏެއް

މިިސިސްޓާރު އިހްސާން ވިދާޅުވީ މައި ޖަލު ހަދާނީ މާލެއާ ބްރިޖަކުން ގުޅޭ ގޮތަށްކަމަށެވެ. އެގޮތުން މަރުކަޒީ ޖަލު އަޅަނީ އެތަނުގެ އެތެރެއިން ހުރިހާ ހިދުމަތްތަކެއް ލިބޭނެ ގޮތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ފަރުވާ އާއި ދޭ ހިދުމަތްތައް ބައިނަލްއަގްވާމީ ފެންވަރުގައި އެތަނުގައި ގާއިމް ކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޖަލުގައި ރިހެބިލިޓޭޝަނާއި ކަރެކްޝަންގެ ހިދުމަތްވެސް ދޭ ތަންތަން ހުންނާނެކަމަށްވެސް އިހްސާން ވިދާޅުވިއެވެ. 

މި ދެ މަޝްރޫއު ހިންގަން އެދޭ ފަރާތްތަކަށް ހަތަރު ގޮތަކަށް ޕްރޮޕޯޒަލް ހުށައަޅަން ހޯމް މިނިސްޓްރީން ފުރުސަތު ދިނެެވެ.

މަޝްރޫއު ހިންގަން ހުށައެޅޭ ތިން ގޮތް 

  1. ބިން ހިއްކުމާ އެއްކޮށް މުޅި މަޝްރޫއު ހިންގުން
  2. ބިން ނުހިއްކާ ހަމައެކަނި އިމާރާތްތައް ހެދުން
  3. ހައިބުރިޑް މޮޑެލް
  4. ރަށް ހިއްކުމުގެ މޮޑެލް

އުތުރު ތިލަފަޅުގައި ތަރައްގީ ކުރަން ނިންމާފައިވާ "ހޯޕް އައިލޭންޑް" އާއި މައި ޖަލު ހަދައިދޭ ބަޔަކަށް ދ. ވާނީ އާއި ދެ ފަޅު ދޭ ގޮތަށް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް