
މިއީ ހޯމް މިނިސްޓްރީން ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ބައެއްގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 151،694 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވެއެވެ. މީގެ ތެރޭގައި އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ހިމެނެއެވެ. މި ރެކޯޑިންގގެ ސަބަބުން ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަދެފައިވާކަން ފާހަގަކުރެއްވިއެވެ.
"އޮޕަރޭޝަން ކުރަނގި" ކުރިއަށްގެންދަނީ ހޯމް މިނިސްޓްރީ، ދިވެހި ފުލުހުންގެ ހިދުމަތް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ. ސަރުކާރުން މިހާރު ދަނީ ބިދޭސީންގެ މައްސަލަ ނިޒާމީ ގޮތެއްގައި ހައްލުކުރުމަށް މަސައްކަތްކުރަމުންނެވެ. މީގެ ތެރޭގައި ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމާއި، ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، އިދާރީ ނިޒާމުތައް ވަރުގަދަކުރުން ހިމެނޭކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.