ads
މަންތާގެ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓްގެ ދަރުރުގެ ތެރެއިން ބޯޓްގެ ކޮކްޕިޓް
500 ކެޑޭޓު ޕައިލެޓުން އެބަތިބި އެއީ ގައުމަށް ބޭނުންވާ ވަރަށްވުރެ އިތުރު އަދަދެއް: މިނިސްޓާ
ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި 500 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕައިލެޓް ޓްރެއިނިން ސްކޮލަރޝިޕް ދީފައިވާ ކަމަށާއި، މިއީ ރާއްޖެއަށް ބޭނުންވާ އަދަދަށްވުރެ އިތުރު އަދަދެއް ކަމަށް ޓްރާންސް ޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހާމަކުރައްވައިފިއެވެ.
Advertisement

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ކުރިއެރުން 7 ޕަސަންޓުގައި ހުރި އިރު، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެވްރެޖްކޮށް އަހަރަކު 20 އިން 25 އަށް ވުރެ ގިނަ ކެޑޭޓް ޕައިލެޓުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިފައިވަނީ ހަމައެކަނި މޯލްޑިވިއަން އަދި ޓީއެމްއޭ ފަދަ މަދު އެއަރލައިންތަކަކުންނެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ "ކުރީގެ ސަރުކާރުން މި ފުރުސަތުތައް ދީފައިވަނީ ރާއްޖޭގެ އޭވިއޭޝަން ވަޒީފާގެ މާކެޓަށް ބެލުމެއްނެތި،" ކަމަށެވެ.

ޕައިލެޓުކަން ކިޔަވައިގެން އަންނަ ދަރިވަރުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައަކީ ކަންބޮޑުވުން ބޮޑު މައްސަލައެއް ކަމަށާއި ރައީސް މުއިއްޒުގެ ސަރުކާރުން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ކެޑޭޓް ޕައިލެޓުންގެ ވަޒީފާގެ މައްސަލަ ހައްލުކުރުމަށްޓަކައި، މިހާރު އޮތް މިންގަނޑަށްވުރެ އިތުރަށް ކުދިން ނެގުމަށް އޮޕަރޭޓަރުންނަށް އަންގާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް