ads
ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލު
ތާރީހީ ތަރިކަ ރައްކާތެރިކުރުމަށް ވެމްކޯއިން ކޮންމެ ތިން މަހަކުން ސާފުކުރުމުގެ ހަރަކާތެއް
ދިވެހިރާއްޖޭގެ ތާރީހީ ތަރިކަ ރައްކާތެރިކުރުމަށްޓަކައި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކޮންމެ ތިން މަހަކުން އެއްމަހު ތަރިކައިގެ ބިނާތައް ސާފުކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.
Advertisement

ވެމްކޯއިން މި ހިދުމަތް ފޯރުކޮށްދިނުމަށް އެކަމާބެހޭ ވުޒާރާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ތާރީހީ ތަނަތަން ވެކިއުމްކުރުމާއި، ސާފުކުރުމާއި، އަދި ޒީނަތްތެރިކަން ދެމެހެއްޓުމަށް ބޭނުންވާ އެހެނިހެން މަސައްކަތްތައް ވެމްކޯއިން ކުރިއަށް ގެންދާނެއެވެ. މިމަސައްކަތް ކުރުމަށް ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ބޭނުންކުރެވޭނެކަމަށް ވެމްކޯއިން ބުންޏެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޕަރމަނަންޓް ސެކްރެޓަރީ މުހައްމަދު ޔާނިއު ހާޝިމް ކަމަށާއި ވެމްކޯގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވިއެވެ.

ތާރީހީ ތަރިކަ ރައްކާތެރިކުރުމަކީ ސަރުކާރުން އިސްކަންދޭ ދާއިރާއެއް ކަމަށާއި މި މަސައްކަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުން އިތުރުވަމުން ދިއުމަކީ އުފާވެރި ކަމެއްކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. ކުރިއަށް އޮތްތަނުގައި އިތުރު ތަރިކައިގެ ތަންތަނަށް މި ހިދުމަތް ފުޅާކުރެވިގެން ދާނެކަމަށް ވެމްކޯއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް