ads
ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުން
ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި
ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައިވެސް ފާހަގަކޮށްފި އެވެ.
Advertisement

ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުގެ އިސްނެގުމާއެކު، ޔޯގާ ދުވަސް ފާހަގަކޮށްފައިވަނީ ތާޖު މޯލްޑިވްސް ރިސޯޓުގަ އެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަފީރު މި ހަރަކާތުގައި ބައިވެރިވެވަޑައިތެވެ. މި ފަހަރުގެ ޔޯގާ ދުވަސް ލީޑު ކުރެއްވީ އިންޑިޔާ ހައިކޮމިޝަނަރާއެކު ކުޅިވަރު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރުއެވެ.

ޔޯގާއަކީ ހަށިގަނޑަށް އެތައް ގޮތަކުން ފައިދާކުރާ ކަސްރަތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.  

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޔޯގާ ދުވަހެވެ. މި ދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރުމަށް އދ. ގެ އާންމު މަޖިލީހުން ނިންމީ 2015 ވަނަ އަހަރު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް