
މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް
42 އަހަރުގެ އަންހެނަކު ދެވަނަ ބުރިން މަގުމައްޗަށް ވެއްޓި ފަރުވާދެނީ
މުހައްމަދު އާދަމް އަހްމަދު
22 ޖޫން 2025 - 09:21:19
42 އަހަރުގެ އަންހެނަކު ދެވަނަ ބުރިން މަގު މައްޗަށް ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މައްޗަންގޮޅިގައި ހުންނަ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓުނު މައްސަލައެއް ރޭ ފަތިހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ ދެވަނަ ބުރިން ވެއްޓިފައިވަނީ އުމުރުން 42 އަގަރުގެ ދިވެހި އަންހެނެއްކަމަށެވެ.
މި އަންހެން މީހާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އެ މީހާގެ ދެ ފައިގެ ކުޑަ ހުޅުން ނެއްޓި އޯޕަން ފްރެކްޗާ ވެ އަނިޔާވެފައިވާކަމަށް އައިޖީއެމް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް