ads
އާ ޓާމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި ހުޅުވަނީ
އާ ޓާމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި އިފްތިތާހުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި އިފްތިތާހުކޮށްފިއެވެ.
Advertisement

އެއާޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެންހޮޅި އިފްތިތާހުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުއެވެ.

635 މީޓަރު އަދި އެއްގަމުން 1،800 މީޓަރުގެ ދިގުމިނުގެ މި ފެން ލައިނަކީ އާ ޓާމިނަލަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް މުހިއްމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި މި  މަސައްކަތް ކުރި އެމްއޭސީއެލްގެ މުވައްޒަފުންގެ މަސައްކަތް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ވެލަާނާ އިންޓަނޭޝަނަލް އެއާޕޯޓް ގެ އާ ޓާމިނަލްގެ އެއްބައި މިއަަހަރުގެ މިނިވަން ދުވަހާއި ގުޅުވާ ޖުލައި 26 ވަނަ ދުވަހު ހުޅުވަން ވަނީ ނިންމާފައެވެ. އަދި މި ދުވަސް ފާހަގަކުރަން އެމްއޭސީއެލުން ވަނީ ކައުންޓްޑައުންވެސް ރަސްމީކޮށް ފަށާފައެވެ. 

ޓާމިނަލް ބޭނުން ކުރާނީ އެ ޓާމިނަލާ އެކު، ބަހައްޓާ ހަ އެއިރޯބްރިޖާ އެކު ކަމަށް އެމްއޭސީއެލުން ވަނީ ކުރިން ބުނެފައެވެ. އަދި ޓާމިނަލް ހުޅުވުމަށް ފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާނެކަމަށްވެސް ވަނީ ބުނެފައެވެ. 

އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތައް ނިންމުމަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރު (261.8 މިލިއަން ރުފިޔާ) ލޯނެއް ދިނުމުގެ އެއްބަަސްވުމުގައި މިދިޔަ އޭޕްރިލްމަހުގެ 14 ވަނދުވަހު ވަނީ ސޮއިކޮށްފައެވެ. އެ ލޯނަކީ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ދޭ ދެވަނަ ލޯނެވެ. އެގޮތުން މީގެ ކުރިންވެސް އެއާޕޯޓްގެ މަސައްކަތަށް ސައުދީ ފަންޑުން ވަނީ 200 މިލިއަން ޑޮލަރުގެ ލޯނު ދީފައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް