
ސާލިހު މި ނިންމެވުން އިއުލާން ކުރެއްވީ، އެމަނިކުފާނަށް ތާއީދުކުރައްވާ ޓީމާއެކުގައި މާލޭގައި ބޭއްވި ކެއުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
ރައީސް ސާލިހުގެ ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ތައީދުކުރައްވާކަން މިރޭގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ސާލިހް ވާދަކުރައްވާނެކަން މި އިއުލާން ކުރެއްވީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅެން ނިންމަ އެ ހަފްލާ މާދަމާ ރޭ ބާއްވަން ނިންމަފައި ވަނިކޮށެވެ.
އެމްޑީޕީން ވަކިވެ ނަޝީދު އުފެެއްދެވި ޑިމޮކްރެޓްސްގެ ހުރިހާ މެމްބަރުންނާއި އެކު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާއިރު ނަޝީދުވެސް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަންވާނެ ކަން އިއުލާންކުރައްވަފަ އެވެ.