
މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ހާމަކުރެއްވި ގޮތުގައި މަމްދޫހު ބަލިވެގެން ކަމަށް ބުނެ ޝަރީއަތަށް ހާޒިރުނުވި ދުވަސްތަކުގައި އޭނާ ބޭރުން ވެސް ފެނިފައިވެއެވެ.
މަމްދޫހު ހުށަހެޅި މެޑިކަލް ސެޓްފިކެޓްތަކުގައި ވެސް ހާޒިރުނުވެވޭވަރުގެ ބައްޔެއް ވި ކަމަށް ބެލެވެން ނެތް ކަމަށް ގާޒީ އަލީ ނަދީމް ފާހަގަ ކުރައްވާފައިވެއެވެ. މި މައްސަލައިގައި މަމްދޫހު ގިނަ އަޑުއެހުންތަކަށް އެއްވެސް ސަބަބެއް ނެތި ހާޒިރުނުވުމާ ގުޅިގެން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީއެވެ.
ހުޅުމާލޭގައި ތަރައްގީ ކުރާ ކޭ-ޕާކު ރެސިޑެންސް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލާގައި ދައުވާ އުފުލާފައިވާ މި މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވުން އޮތް މައްސަލައެކެވެ. މަމްދޫހު ކޯޓަށް ހާޒިރުވާން އިންކާރު ކުރުމުން ޝަރީއަތް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.