ads
އިރާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޑރ. އަލީރިޒާ ދެލްކޯޝް ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވަން ބޭއްވި ރަސްމިއްޔާތު. - ފޮޓޯ: ރައީސް އޮފީސް)
މެދުއިރުމަތީގެ ސުލްހަ ގާއިމުކުރުމަށް ރާއްޖޭގެ އެހީ ލިބޭނެ: ރައީސް
މެދުއިއިރުމަތި ހިމެނޭހެން ސަރަހައްދީ ސުލްހަވެރިކަން ގާއިމުކުރުމުގައި އީރާނަށް ރާއްޖޭގެ ފުރިހަމަ އެއްބާލުން ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ އީރާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު އަލީރިޒާ ދެލްކޯޝްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. 

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރު ކުރުމާއި ފަންނީ ތަޖުރިބާ ހިއްސާކުރުމާއި ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ދެ ބޭފުޅުން ވެސް ފާޅުކުރެއްވި ކަމަށެވެ.

"މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.

މިއީ ރާއްޖެއިން އީރާނާއެކު އޮތް ހާރިޖީ ގުޅުން 2016 ވަނަ އަހަރު ރާއްޖެއިން ކަނޑާލާފައި ވަނިކޮށް އެ ގުޅުން ސެޕްޓެމްބަރު، 2023 ގައި އަލުން ގާއިމްކުރި ފަހުން އެ ގައުމުން ރާއްޖެއަށް ސަފީރަކު ކަނޑައެޅި ފުރަތަމަ ފަހަރެވެ.

your imageއީރާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އީރާނުގެ އާ ސަފީރު ޑރ. އަލީރިޒާ ދެލްކޯޝް. - ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ސަފީރު ދެއްކެވި ވާހަކައިގައި ރައީސް މުއިއްޒު މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތައުރީފު ކުރައްވައި އީރާނުގެ ލީޑަޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވި އެވެ.

އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު ހަމަލާތަކެއް ކަމުގައި ވިދާޅުވެ، ރައީސް މުއިއްޒު މީގެ ކުރިން އެ ހަމަލާތައް ކުށްވެރިކުރައްވާފައިވެ އެވެ.

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މި މަހުގެ 13ވީ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގެ ރައްދު އީރާނުން ވެސް ދޭން ފަށާފައިވާއިރު، ހަމަލާތައް ބަދަލުކުރާތާ މިއީ ދެވަނަ ހަފުތާއެވެ. އިޒްރޭލު ބުނާގޮތުން އެ ހަމަލާތައް ދިނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށާއި އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާއި ނިއުކްލިޔާ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެންނެވެ.

މި ހަނގުރާމައާ ގުޅިގެން އެމެރިކާއިން އިއްޔެ ވަނީ އީރާނާ ދެކޮޅަށް ބާރުގަދަ ހަމަލާތަކެއް ވެސް ދީފައެވެ. އީރާނުން ސުލްހަ ނުވެއްޖެނަމަ އިތުރު ހަމަލާތައް ދޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ފަހުން އިންޒާރު ވެސް ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް