ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ބޯޓުން ހައްޔަރު ކުރި 10 މީހުން
ޑްރަގު ބޯޓުން އަތުލައިގަތް މީހުންނަށް ދައުވާ ނުކުރާނެ
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބޭރުގެ ބޯޓުން ހައްޔަރު ކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފިއެވެ.
Advertisement

ރާއްޖެއަށް ކަނޑުމަގުން ގާތްގަނޑަކަށް 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި މާރިޗު މަހު ހައްޔަރު ކުރީ ބޭރުގެ 10 މީހުންނެވެ. އެ މީހުން އަތުލައިގަތީ "މުތާ ޑައިމަންޑް" ކިޔާ ބޯޓަކުންނެވެ.

މުތާ ޑައިމަންޑް ބޯޓުން 10 މީހުން ހައްޔަރު ކުރިއިރު، ބޯޓުގެ ކެޕްޓަން ފިޔަވައި ދެން ތިބި އެންމެންވަނީ ދޫކޮށްލާފައެވެ. މި ބޯޓުގެ ކެޕްޓަނަކީ އިންޑޮނޭޝިއާއަށް ނިސްބަތްވާ 30 އަހަރުގެ ނަސްވަން އަދީލެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށެވެ.

މި މީހުން ދަށު ކޯޓުން ދޫކޮށްލުމުން ދައުލަތުން އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަ ހައިކޯޓަށްވެސް ހުށަހަޅިއެވެ. ހައިކޯޓުގައި މިދިޔަ ހަފްތާގައި އެ މައްސަލަތަކުގެ ޝަރިއަތް ފެށުނު ފަހުން ދައުލަތުންވަނީ މައްސަލަ އަނބުރާ ނަގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތް ކިލޯގެ ޑްރަގުގެ މި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނެތް ކަމަށް ކަނޑައަޅައި ދައުލަތުންވަނީ ދައުވާ ނުކުރަން ނިންމާފައެވެ.

މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުން

ނަސްވަން އާދިލް (30އ)

އެޑްރިއަންސަޔާ (25އ)

މުޙައްމަދު އިޤްބާލް މަކްރޫމް (30އ)

ޕްރަބާކަރަން ނަގަރާޖަން (35އ)

ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)

ގަނޭޝް ބޮމްމާލީ (22އ)

ޑަތުކިލޭ ދަރްޝަން ވިޖޭ (22އ) މިހާރު ދޫކޮށްލާފައިވަނީ

ޕީޓާ ވިނީ (28އ)

ސަރަން ޕަދްމަން (28އ)

ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ)

ކްރިމިނަލް ކޯޓުގެ އަމުރުގައި ވާގޮތުން، މި ބޯޓުގެ އިންޖީނު ރޫމުގެ ވަތެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 7 ޝީޓް ތަހުލީލުކުރުމުން އިޑްރޯކެނަބިނޯހަޓެޓްރާލް އަދި ކެނަބިނޯލްއަށް ޕޮޒިޓިވް ވެފައިވެއެވެ.

މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 6.5 ކިލޯއެވެ. ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި ނަސްވަންއަކީ ބޯޓުގެ ކެޕްޓަން ކަމަށްވުމުން، ބޯޓަށް އެރުވޭ އެއްޗެހީގެ ޒިންމާ އެހެން ފަރާތަކުން ނުނަގާ ހާލަތުގައި އެކަމުގެ ޒިންމާ ނަގަންޖެހޭނީ އޭނާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް