ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފައްޔާޒު، ރައިސް ސާލިހް އަދި ރައީސް ނަޝީދު
ނަޝީދު ގުޅުނު ޖަލްސާގައި އިބޫ ބައިވެރި ނުވީ ރާއްޖޭގައި ނެތުމުން
ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ޕާޓީން ރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ ރައީސް، ކުރީގެ އިބްރާހިމް މުހައްމަދު ސާލިހް ބައިވެރިވެޑައި ނުގަތީ ރާއްޖޭގައި ނެތުމުންކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.
Advertisement

ނަޝީދު އެމްޑީޕީއާ އަލުން ގުޅުމަށް ބޭއްވި ޖަލްސާ އޮތީ ރޭ ސަލްޓަން ޕާކުގައެވެ. މި ޖަލްސާއަށް މާގިނަ ބަޔަކު ނުދެއެވެ. އަދި މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްވެސް ވަޑައިނުގަންނަވައެވެ. 

މިކަމާއި ގުޅިގެން އެމަނިކިފާނުގެ ކޮއްކޮ ރައްޔިތުން މަޖިލީހުގެ ކުރީގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލްސާގައި ރައީސް އިބޫއަށް ބައިވެރިވެޑައި ނުގެންނެވުނީ މިވަގުތު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީކަމަށެވެ. އިބޫގެ ޕެކްޝަނުން ނަޝީދު ގުޅުނު ޖަލްސާއަށް ނުދާން ނިންމިކަން ބުނެ ދެކެވުނު ވާހަކަތައްވެސް ނިޔާޒު ވަނީ ދޮގުކުރައްވާފައެވެ. 

" ކަނޑައެޅިގެން ދޮގެއް. ޑިމޮކްރެޓްސް އާއި ދެ ޕާޓީ ކޯލަޝަން ހަދައިގެން މަސައްކަތްކުރުމުގަ ހިޔާލުތަފާތުވިޔަސް އަބަދުވެސް އެދުނީ އެމް.ޑީ.ޕީ އާ ގުޅި އެއް ޕާޓީއެއްގެ ގޮތުގައި މަސައްކަކަތްކުރުން. އެމް.ޑީ.ޕީ އަކީ 20 އަހަރު އިސްލާހީ މަސައްކަތުގަ ދެގޮތެއްނުވެ އޮތް ހަމަ އެކަނި ބްރޭންޑް." ނިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެެއްގައިވެއެވެ.

your imageނަޝީދު އަލުން އެމްޑީޕީއާ ގުޅެން ބޭއްވި ޖަލްސާގެ ތެރެއިން 

އެމްޑީޕީން ވަކިވިތާ ދެއަހަރު ފަހުން އަލުން ނަޝީދު އެމްޑީޕީއާ ރޭ ގުޅިވަޑައިގަތީ އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރެޓްސްގެ މެމްބަރުންނާއި ވެސް އެކުގައެވެ. ރައީސް ސާލިހާ ރައީސް ނަޝީދާއި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ރައީސް ނަޝީދު އެމްޑީޕީން ވަކިވެޑައިގެން ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރެއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރުވެސް ނަޝީދު ދެއްވިއެވެ.  

ނަޝީދު އަލުން އެމްޑީޕީއާއި ގުޅުވަޑައިގަތީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވުމަށްފަހުއެވެ. އަދި ރައީސް ސާލިހްވެސް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. އިންތިހާބުގައި ވާދަކުރަން ނިންމިކަން ރައީސް ސާލިހް އިއުލާންކުރެއްވީ ނަޝީދު އަލުން އެމްޑީޕީއަށް ގުޅެން ނިންމާ އެކަން އިއުލާންކުރިތާ ދެ ދުވަސްތެރޭގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް