
ފަހުން ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކަށް ޖަވާބު ދެއްވަމުން އަލްހާން ވިދާޅުވީ، ޖެމްކިއުއިން އެތައް ބަޔަކަށް ލަނޑުދީ ފައިސާ ވަގަށް ނެގި މައްސަލައާ އޭނާއާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"އަޅުގަނޑު ދެންނެވީ، އެއްވެސް އިރެއްގައި އަޅުގަނޑު ޕޮންޒީ ސްކީމެއް ނުހިންގާ ކަމަށާއި، އަޅުގަނޑުގެ ކުންފުނި ކިންގްސް އިން ހިންގަނީ އޮންލައިން ޓްރޭޑިންގ ކަމަށް" އަލްހާން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވިއެވެ.
އޭނާ އިތުރަށް ހާމަކުރެއްވީ ފަރުދީ ހައިސިއްޔަތުން އޭނާ އަދިވެސް އޮންލައިން ޓްރޭޑިން ކުރާ ކަމަށާއި، ދިވެހި ރައްޔިތުން އެދިގެން ކްރިޕްޓޯ ކަރަންސީ ޓްރޭޑްކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު އެފަރާތްތަކަށް ދެމުންދާ ކަމަށެވެ.
އަލްހާންގެ ނޫސް ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، "މިއީ އެއްވެސް ހާލެއްގައި ބޯގިނަކޮށްގެން ޕިރަމިޑް ސްކީމެއް ހިންގާ ވާހަކައެއް ނޫން" ކަމަށާއި، އޭނާ ކުރާ މަސައްކަތަކީ ޤާނޫނީ ހުރަހެއް ނެތް، އަސާސީ ހައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އަލްހާން ވަނީ ނޫސްވެރިންނަށް ގޮވާލާފައި މިވާހަކަ އޮޅުވާލައިގެން ގެނެސް ދިނުމުގެ ބަދަލުގައި، އޭނާ ވިދާޅުވާ ގޮތަށް ރައްޔިތުންނަށް ހަމައަށް ގެންގޮސްދިނުމަށެވެ