ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިޒްރޭލު ހަނގުރާމައަށްވުރެ އެމްޑީޕީން ގައުމަށްދޭ ގެއްލުން ބޮޑު: ފަލާހު
އީރާނާއި އިޒްރޭލު ދެމެދު ހިނގަމުންދާ ހަނގުރާމައަށް ވުރެ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މިކަން ފަލާހު ހާމަކުރެއްވީ އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އީރާނު-އިޒްރޭލު ހަނގުރާމައާ ގުޅޭ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވިގޮތުގައި، "އެމްޑީޕީއަކީ މި ރާއްޖޭގައި އޮތް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ. އެމްޑީޕީއަކީ އެންމެ ގިނައިން ދައުލަތުން އާމްދަނީ ވެސް ލިބޭ ޕާޓީ އަދި އެ ފައިސާއަށް ވާ ގޮތެއް ނޭނގުނަސް. އެހެންނަމަވެސް ހިތާމައެއް އެބައޮތް އިއްޒަތްތެރި ރައީސް. ހިތާމައަކީ މި ހަނގުރާމައަށްވުރެ، މި ގައުމަށް އެމްޑީޕީގެ ފަރާތުން ލިބޭ ގެއްލުން ބޮޑުކަން." އެމްޑީޕީގެ ވެރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޔޫރަޕްގެ ގައުމުތަކަށް ވަޑައިގެން، ރާއްޖޭގެ ޓޫރިޒަމް 'ބޮއިކޮޓް' ކުރުމަށް ގޮވާލާފައިވާކަން ތާރީހުން ވެސް ފެންނާން އޮތްކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގައި ހަނގުރާމައިގެ ސަބަބުން ފިޔަވަޅުތައް އެޅުން އަވަސްކުރަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން އެދުނު ނަމަވެސް، ސަރުކާރުން މިހާރު ވެސް ދަނީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ގައުމަށް ގެއްލުންވެ ދަތި ނުވާނެ ގޮތަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކަން ބައްޓަންކުރައްވާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް