ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިރޭ އެކްސިޑެންޓުވި ހިންނަވަރުގެ ޑިންގީ -- ފޮޓޯ/ އެމްޑީޕީ ލައިވް: ފޭސްބުކް
ލޯންޗު އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން މާލެ ގެނެސްފި
ޅ. މަޑިވަރު އެއާޕޯޓު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.
Advertisement

ރޭ 20:26 ހާއިރު މި އެކްސިޑެންޓްގައި ހިނގީ ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑު މަތިން ލޯންޗަކާއި ޑިންގީއެއް ޖެހިއެވެ. 

މި އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުންނަށް އަނިޔާވުމާ ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ. 

މި މީހުންގެ ތެރެއިން ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ. އެއީ ޑިންގީގެ ކެޕްޓަނާއި އިތުރު އެހެން އެހެން މީހަކުކަމަށް ފުލުހުން ބުނެއެވެ. ފަރުވާދެމުން އަންނަނީ އަންނަނީ އުމުރުން 61 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެއްކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ރޭގެ އެކްސިޑެންޓުގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށް ފަހު ގެއްލިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން  ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް