ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް
ވަރުގަދަވާނީ ކަށިކެޔޮގަނޑު އެކައްޗަކަށް ހެދިގެން: ފައްޔާޒް
އަންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ ކިތަންމެ ވާދަވެރިވި ނަމަވެސް، 2023ގެ ރިޔާސީ އިންތީހާބުގައި އެމްޑީޕީއަށް ކުރިމަތިވި ފަދަ ކަމެއް ދެން ނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިލީއިރު، އެ ޕާޓީ އޮތީ ދެ ބައިވެފައެވެ. ޕާޓީ ދެބައިވެ އުފެދުނު ކޯޅުމުގެ ތެރޭގައި އެމްޑީޕީއަށް ވެރިކަން ގެއްލިދިޔުމަށް ފަހު، އޭރު ޕާޓީން ވަކިވި މެންބަރުން އަލުން މިހާރުވަނީ ޕާޓީއާ ގުޅިފައެވެ. އެ ގްރޫޕް ލީޑު ކުރައްވަނީ ރައީސް ނަޝީދު އެވެ.

2023 އިންތިހާބު ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ ހިޔާލުތަފާތުވެ، ޕާޓީގައި ދެ ފެކްޝަން އުފެދި މުޅި ޕާޓީ ފެއިލްވީއެވެ. ނަޝީދާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރިނަމަވެސް ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް ފުރަތަމަ ބުރުގައި ލިބުނީ ނިސްބަރުން ވަރަށް މަދު ވޯޓެކެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ޕާޓީގެ އެތެރޭގައި ވާދަވެރިކަން އޮތީ ހަމައެކަނި ރިޔާސީ ރޭހަށް ނޫން ކަމަށެވެ. ޕާޓީގެ އިސް މަގާމުތަކަށް ވެސް ވާދަވެރިކަން ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

ކިތަންމެ ވާދަވެރި ޕްރައިމެރީއެއް ހިނގި ނަމަވެސް 2023ގައި ހިނގައިދިޔަ ކަމެއް ދެން މި ޕާޓީއަށް ވެދާނެ ހެނެއް ހިޔެއް ނުވޭ ކައިރި މުސްތަގުބަލެއްގައި. މުސްތަހީލުކަމެއް އެއީ: އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ފައްޔާޒު ވިދާޅުވި ގޮތުގައި ޕާޓީގެ އެތެރޭގައި ހިތްހަމަނުޖެހުން އެބަހުއްޓެވެ. ހަމައެކަނި ޕާޓީގެ މެންބަރުން އެކަނި ނޫން ކަމަށާއި ޕާޓީން ވަކިވެވަޑައިގެން އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި މެންބަރުންގެ ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ޕާޓީ ވަރުގަދަވާނީ 'ކަށިކެޔޮގަނޑު އެކައްޗަކަށް ހެދިގެން' ކަމަށާއި މިހާރު ޕާޓީގެ މިސްރާބު ހުރީ އެ މަގުން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް