މިއަދު ހިނގި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދުއެވެ. މިއަދުގެ ހާދިސާގައި ބިދޭސީއެއް ގެއްލިގެން އަންނަނީ ހޯދަމުންނެވެ.
މި ހާދިސާގައި ނިޔާވި ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ހިދުމަތްކުރައްވާފަ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ ނިޔާވި ސިފައިންގެ މީހާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލީ ސިފައިންގެ ކުންފުންޏެއް ކަމަށްވާ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށެވެ. އެއިން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.