
އެ މިނިސްޓްރީން ބުނީ ރ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން އެ އަތޮޅުގެ ރައްޔިތުންނަށް ހިދުމަތްތަކާއި އަހުލުވެރިވުމުގެ ފުރުސަތު ދިނުމަށް މާދަމާއި ފެށިގެން އަންނަމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުކުރެވޭނެކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޖުލައި މަހުގެ 3 ވަނަދުވަހުން ފެށިގެން ރ އަތޮޅުގެ ފެރީގެ ދަތުރުތަކަށް ޓިކެޓް ނަގައިގެންކަމަށެވެ. އަދި ޓިކެޓް އާރުޓީއެލް ވެބްސައިޓުންނާއި މޯބައިލ އެޕް މެދުވެރިކޮށް ނެގޭނެކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.
ޖީބަށް ލުއި ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށީ މިދިޔަ ސަރުކާރުންނެވެ. ނ އަތޮޅާއި ރ. އަތޮޅުގައި މި ހިދުމަތް ފެށި މި ސަރުކާރުންނެވެ. ރ. އަތޮޅުގައި ހިދުމަތް ފެށުމުން 10 އަތޮޅުގައި މި ހިދުމަތް މިހާރު ލިބެއެވެ. އެ އަތޮޅުތަކަކީ ހއ، ހދ، ށ، ނ، ރ، ޅ،ގއ، ގދ އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއެވެ.
އެމްޓީސީސީން ބުނީ ބާކީ އޮތް 10 އަތޮޅުގައި މި ހިދުމަތް ފެށުމަށްް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.