
އެމްޑީޕީން ވަކިވެޑައިގެން އަމިއްލަ ޕާޓީއެއް އުފައްފަވައިގެން އުޅުއްވުމަށްފަހު ރައީސް ނަޝީދުވަނީ މިދިޔަ ހޯމަދުވަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ނަޝީދުގެ އެމްޑީޕީއަށް ގުޅިވަޑައިގެންނެވި ޖަލްސާގައި، ރައީސް ސާލިހް މެލޭޝިޔާގައި ހުންމެވުމުން ބައިވެރިވެޑައެއް ނުގަންނަވައެވެ.
ނަޝީދު ގާތް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުމުން، މިވަގުތު މެލޭޝިއާގައި ހުންނެވި ސާލިހް ވަނީ ފޯނު ކޯލެއް ކުރައްވާ ނަޝީދަށް މަރުހަބާ ދެންނެވިކަމަށެވެ.
މިކަމާއި ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ނަޝީދު ވަނީ ސާލިހް އެ މަނިކުފާނަށް ގުޅުއްވިކަން ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް ނަޝީދުގެ ޖަވާބު ދެއްވީ އެންމެ ޖުމްލައަކުންނެވެ.
މިދިޔަ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ރައީސް ނަޝީދާ އުފެދުނު ހިޔާލު ތަފާތުވުން ބޮޑުވެ ރައީސް ނަޝީދަށް ތާއިދުކުރާ މެމްބަރުން އެމްޑީން ވަކިވިއެވެ.
އަދި ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދާ އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ބޮޑެތި ތުހުމުތުތަކެއްވެސް އެމްޑީޕީގެ އިސްވެރިންގެ ބޮލުގައި އެޅުވުމަށްފަހު ރިޔާސީ އިންތިހާބުގައި އިދިކޮޅަށް މަސައްކަތް ކުރިއެވެ.
ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމިކަން އިއުލާންކުރެއްވުމަށްފަހުއެވެ.