އުމުރުން 85 އަހަރުގައި އިރުފާނުގެ މަންމަ ސައީދާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލި އެނދުގައި ހޭދަކުރުމަށް ފަހު އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ޖޭޕޫރުގައި ސައީދާ މަރުވިއިރު އިރުފާނު ހުރީ އިންޑިއާއިން ބޭރުގަ އެވެ. އަދި އަނބުރާ ގައުމަށް ދެވޭ ގޮތް ނުވީ މިވަގުތު އިންޑިއާ ލޮކްޑައުނެއްގައި އޮތުމުންނެވެ.
ގައުމަށް ގޮސް ބައްދަލުނުވެވުން ނަމަވެސް އިރްފާން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އޭނާގެ މަންމަގެ މޫނު ދެކިލާފަ އެވެ.
ކެންސަރު ބައްޔަށް ވެސް ފަރުވާ ހޯދަމުން އަންނަ އިރުފާނަކީ ކުޅަދާނަ ތަރިއެކެވެ. އެގޮތުން ހިންދީ މީޑިއަމް އާއި އެންގްރޭސީ މީޑިއަމް އަދި ލައިފް އޮފް ޕައިގެ އިތުރުން ބްލެކްމެއިލް އާއި ޕީކޫ ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.