ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް އައްޔަންކުރި ޔާމީން (ކ) ގިބްލަ އުމްރާ ގްރޫޕްގެ ބައްދަލުވުމެއްގައި
ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލަކަށް ޔާމީން އިދުރީސް
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އައްޔަންކޮށްފިއެވެ.
Advertisement

މިހާރު އަމިއްލަ އުމްރާ ގްރޫޕެއްކަމަށްވާ ޤިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން އަންނަ ޔާމީން ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް އައްޔަންކުރީ މިއަދުއެވެ. 

މި މަގާމުގެ މުސާރައަކީ މުސާރައަށް 20،500 ރުފިޔާކަމަށާއި އޭގެއިތުރުން ލިވިން އެލަވަންސް 15،000 ރުފިޔާ އަދި ފޯނު އެލަވަންސަށް 700 ރުފިޔާ ލިބޭނެކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.  

ޔާމީން ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް އައްޔަންކޮށްފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ޒީނިޔާ މިދިިޔަ މަހުގެ 25 ވަނަ ދުވަހު މަގާމުން ވަކިކުރުމަށްފަހުއެވެ. 

ބްރޯޑްކޮމްގެ އިދާރީ ހިންގުމުގެ އިސްވެރިޔަކަށް ހުރި ޒީނިޔާ  މަގާމުން ވަކިކުރީ 96 ގަޑިއިރަށް ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހުއެވެ. ޒީނިޔާ ސަސްޕެންޑް ކުރުމާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާއަށް ނުނިކުމެ ހަޅުތާލުކުރިއެވެ. 

ބްރޯޑްކޮމްގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތައް ހިއްސާކޮށް، އެ ކަންކަމަށް މަޖިލިސް މެދުވެރިކޮށް ހައްލު ހޯދައިދިނުމަށް އެދިފައިވެއެވެ. އަދި އެސްޖީގެ މަސައްކަތްތަކަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށް އެ ޕެޓިޝަނުގައި ތުހުމަތުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް