ފުލުހުން ބުނި ގޮތުގައި ޓްރެފިކް ޕޮއިންޓަކުން ސައިކަލެއް ހުއްޓުވަން އުޅުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ދިޔަ ކަމަށެވެ. އެކަން ހިނގީ މިރޭ 20:20 ހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓްގަ އެވެ.
އެގޮތަށް ބާރަށް ސައިކަލްގައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ. އެ ފުލުސް މީހާއަށް ވަނީ އަނިޔާވެފަ އެވެ.
އެ ސައިކަލު ދުއްވީ މާލެ، މ. ބަހާރުވިލާ، ޔޫނުސް ހަލީލް އަބްދުﷲ 18 އެވެ.
ޔޫނުސްގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.