
ރާއްޖެގެ ގިނަ ޒުވާނުން ދުވާލެއްގެ މައްޗަށް އެތައް ފަހަރު ސިނގިރޭޓު ބޯއިރު، ގިނަ ޒުވާނުންނަށް ލިބޭ އާމްދަނީގެ ބޮޑު ބައެއްވެސް ހަރަދު ވަނީ ސިނގިރޭޓަށެވެ. ހެނދުނު ހޭލުމަށްފަހު ސިނގިރޭޓެއް ބޮއި ނުލާ ދުވަހުގެ މަސަތްކަތައިގެން ކުރިއަށް ނުދެވޭނެ އެވެ. އަދި ރޭގަނޑު ނިދުމުގެ ކުރިން ސިނގިރޭޓެއް ބުއިމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ކަންމިހެން އޮތް އިރު، ލޮކްޑައުންގެ ސަބަބުން ފިހާރަތަކުން އެއްޗެހި ލިބުން މިވަނީ ދަތިވެފައެވެ. މީގެ ސަބަބުން ސިނގިރޭޓު ނުގަނެވި އުޅެކޮށް ރަމަޟާން މަހާއި ކުރިމަތިލާ މިއޮތީ ޖެހިފައެވެ.މ
މިދަނޑިވަޅުގެ ފައިދާ ނަގައި ސިނގިރޭޓު ބުމާ ދުރުވުމަކީ ކުރުން ބުއްދިވެރި ކަމެކެވެ. ރޯދައަށް ހުރުމުން ހެނދުނު ގަޑީގައި ސިނގިރޭޓް ބޮވެން ނެތް އިރު، މިވަގުތު ފައިސާ ރައްކާ ކުރުމުގެ ގޮތުން ރޭގަނޑު ވެސް ސިނގިރޭޓް ނުބޮއި ހުރުން އެއީ ކުރެވިދާނެ ކަމެކެވެ.
މިކަމުގެ ސަބަބުން ފައިސާ ރައްކާ ކުރުމުގެ އިތުރުން، ތިމާގެ ސިއްހަތަށް ވެސް ގިނަ ފައިދާ ތަކެއް ކުރާނެ އެވެ.
ކޮވިޑް-19 ޖެހުމުން ސިނގިރޭޓު ބޯ މީހުންނަށް ކުރާ އަސަރު ބޮޑުވާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވާއިރު، މިދުވަސް ކޮޅު ދުންފަތުގެ އިސްތިއުމާލުން ދުރުވުމަކީ ކުރެވޭނެ ވަރަށް ބުއްދިވެރި ކަމެކެވެ.
ލޮކްޑައުންގެ ހާލަތު ނިމި ރޯދަ މަސް ނިމޭ އިރު، ތިމާ އަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރު މީހަކަށް ވުމުގެ އަމާޒު ހިފަމާ ހެއްޔެވެ.