
އެމްޑީޕީގެ 20 ވަނަ އަަހަރީ ދުވަހުގެ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޗެއާފާސަން ފައްޔާޒު ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ އާއްމު ރައްޔިތުން އުއްމީދާއި ކުރިމަގު އޮންނާނީ އެމްޑީޕީއާ ގުޅިފައިކަމަށެވެ. ހާއްސަކޮށް ގައުމުގެ ހާލަތު ގޯސްވެގެންދާ ކޮންމެ ދަނޑިވަޅެއްގައި އާއްމު ރައްޔިތުންގެ ޕޯކަސް ހުންނަނީ އެމްޑީޕީއާ ދިމާލަށްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީއަށް ނޫނީ މި ގައުމުގައި ބޮޑެތި ބަދަލުތައް ނުގެނެވޭނެކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރާކަމަށް ފައްޔާޒޫ ވިދާޅުވިއެވެ. އަދި އަހަރީ ދުވަހާއި ދިމާކޮށް އަލުން އެމްޑީޕީ ނުކުންނަނީ ޕާޓީގައި އުފެދުނު ނުތަވަނަސް ކަންތައްތަކަށް ފަހު އަލުން އެކީގައި ގަދަކޮށްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ސައިގެ ތެރެއިން
އަހަރީ ދުވަހާއި ގުޅުވައިގެން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވަނީ ވީޑިއޯ މެސެޖެއް ދެއްވާފައެވެ. ޝާހިދު ވިދާޅުވީ މިއަދުގެ ހާލަތަށް ބަލާއިރު އެމްޑިޕީގެ އިސްލާހީ އެޖެންޑާ ނުހަނު ބޭނުންކަމަށެވެ. އަދި އެމްދީޕީގެ ފަހަތުން މަސައްކަތް ކުރާ ސިޔާސީ ޕާޓީތައް އެޖެންޑާ ކަނޑައަޅަނީ އެމްޑީޕީގެ އެޖެންޑާތައް ބަލައިގެންކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދުގެ މެސެޖުގައި ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް ނޫނެނޭކޭ ބުނަން ބަލިކުރަން ވަނީ ގޮވާލައްވާފައެވެ.
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ސައިގެ ތެރެއިން
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖޭގެ އަހަރަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ގެންދަން ނިންމާފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ރާއްޖޭގައި އުފެއްދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީ ކުރީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 25 ވަނަދުވަހުއެވެ. އަދި އޭގެ ފަހުން ބޭއްވި ފުރަތަމަ މަލްޓީ ޕާޓީ އިންތިހާބުވެސް ކާމިޔާބުކުރީ އެޕާޓީއެވެ.