ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކޮންމެ ފަގީރަކަށް ޒަކާތުގެ ގޮތުގައި 5000 ރުފިޔާ ބަހައިފި
މި އަޖަރުގެ މުދަލިގެ ޒަކާތުގައި ގޮތުގައި ފަގީރުންގެ ކޮންމެ ބޮލަކަށް 5000 ރުފިޔާ ބަހާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

މުދަލުގެ ޒަކާތުގެ ގޮތުގައި މިއަހަރުގެ އޭޕްރިލްގެ ނިޔަލަށް 46.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިރާއިން މިދިޔަ މަހު ވަނީ ބުނެފައެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ މުދަލު ޒަކާތް އިއްޔެ ބަހާފައިވާކަމަށެވެ. އެގޮތުން މުދަލު ޒަކާތް ބަހާފައިވަނީ ފަޤީރުންގެ ދަފްތަރުގައި ތިބި މީހުންނަށްކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް 2852 ފަޤީރުން ރަޖިސްޓްރީވެފައިވާކަމަށާއި އެއިން ކޮންމެ މީހެއްގެ ބޮލަކަށް ކޮންމެ މީހެއްގެ ބޮލަކަށް 5000 ރުފިޔާގެ ރޭޓުން މިއަހަރުގެ މުދަލު ޒަކާތް ބަހާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މީ މިދިޔަ އަހަރު މުދަލުގެ ޒަކާތުގައި ބޮލަކަށް ބެހި އަދަދަށްވުރެ ކޮންމެ މީހަކަށް 1000 ރުފިޔާ އިތުރު އަދެދެކެވެ. 

މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 23.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 47.6 ޕަސަންޓުގެ ކުރިއެރުމެކެވެ.

މިއަހަރު މުދަލު ޒަކާތް ލިބުނު އަދަދު މަހުން މަހަށް 

  • ޖެނުއަރީ - 5.3 މިލިއަން ރުފިޔާ
  • ފެބްރުއަރީ - 5.9 މިލިއަން ރުފިޔާ
  • މާޗް - 23.5 މިލިއަން ރުފިޔާ
  • އެޕްރީލް - 11.7 މިލިއަން ރުފިޔާ

މީރާއިން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު 101.9 މިލިއަން ރުފިޔާއަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އެންމެ ބޮޑު އަދަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް