
މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރެވިފައިވާ ފަޒީލް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ނޯޓިސް ދިނުމަކާ ނުލައެވެ.
ބްރޯޑްކޮމް އިން ބުނެފައިވަނީ ފަޒީލް ސަސްޕެންޑް ކުރުމުގެ އެއް ދުވަސް ކުރިން ބްރޯޑްކޮމްގެ ސާވަތަކަށް މައްސަލައެއް ދިމާވެ، ފުލުހުންގެ ޓެކްނީޝަނުން އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު ކަމަށެވެ. ސާވަތަކަށް ދިމާވި މައްސަލަ ބްރޯޑްކޮމްއިން އެނަލައިޒް ކުރުމަށްފަހު ފުލުހުންގެ ތަހުގީގަކަށް އެދުނެވެ. ފުލުހުންގެ ތަހުގީގަށްފަހު ކޮމިޝަނަށް އަންގާފައިވަނީ މި މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބަލާއިރު މިއީ ގަސްދުގައި ކޮށްފައިވާ އަމަލެއް ކަމަށް ފެންނަ ކަމަށެވެ.
ފަޒީލް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީ ކަމަށް ބުނެއެވެ. އެހެންނަމަވެސް ފަޒީލް އޭނާ ސަސްޕެންޑް ކުރެވުނު އިރު ބުނެފައިވަނީ ސަސްޕެންޑް ކުރި ސަބަބު އޭނާއަށް ނޭނގޭ ކަމަށެވެ.