ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް ސޯލިހާއެކު 2018 ވަނަ އަހަރު ކޯލިޝަން ހެއްދެވި ޕާޓީތަކުގެ ލީޑަރުން: ފޮޓޯ ޕީއެސްއެމް
އިސްލާމީ އުއްމަތަށް ސުލްހަ އަދި އަމާންކަމަށް އެދި: ދިވެހި ސިޔާސީ ލީޑަރުންގެ ދުއާ
ހިޖުރީ 1447 ވަނަ އައު އަހަރާ ގުޅިގެން ދިވެހިރާއްޖޭގެ ސިޔާސީ ލީޑަރުން ވަނީ އިސްލާމީ އުއްމަތަށް ސުލްހަ އަދި އަމާންކަމަށް އެދި ދުއާކުރައްވައިފިއެވެ.
Advertisement

ރާއްޖޭގެ ކުރީގެ ރައީސުންނާއި މިހާރުގެ ސިޔާސީ އިސްވެރިން ވަނީ ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުއްމަތަށް ތަހުނިޔާ ފޮނުއްވައި، ހެޔޮ އެދުންތައް ފާޅުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ފެށުނު ހިޖުރީ އައު އަހަރަކީ އިސްލާމީ އުއްމަތަށް އުފާފާގަތި އަދި އަމާން އަހަރެއްކަމުގައި ލެއްވުމަށް އެދި ދުއާކުރައްވާފައެވެ. 

ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ އާއި ކުރީގެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމް، އިބްރާހިމް މުހައްމަދު ސާލިހް އަދި މުހައްމަދު ނަޝީދުވެސް ވަނީ ހިޖުރީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އޭނާގެ މެސެޖުގައި މިފެށުނު 1447 ވަނަ ހިޖުރީ އަހަރަކީ އެންމެހާ މުސްލިމުންނަށް އަމާންކަމާއި އުފާފާގަތިކަން އިތުރުވާނެ އަހަރެއްކަމުގައި ލެއްވުމަށް އެދި ދުއާކުރައްވާފައެވެ. 

މީގެއިތުރުން، ދައުލަތުގެ އެހެނިހެން އިސްވެރިންނާއި ވަޒީރުންވެސް ދަނީ ސޯޝަލް މީޑިއާގައި ހިޖުރީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.

 ހިޖުރީ އައު އަހަރަކީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމުގެ މުނާސަބަތުން ފެށުނު އިސްލާމީ ކަލަންޑަރުގެ އައު އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް