ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޒުވާން ހަތީބު ޕްރޮގްރާމްގެ ތިންވަނަ ބުރުގެ ތެރެއިން
ޒުވާން ހަތީބުންގެ 3 ވަނަބުރު، މިފަހަރު 250 ވުރެ ގިނަ ކުދިން
ޒުވާން ހަތީބުގެ ތަމްރީނުކުރުމުގެ ތިންވަނަ ބުރު މިއަދު ފަށައިފިއެވެ.
Advertisement

ޒުވާން ހަތީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.  

އިސްލާމިކް މިނިސްޓްރީން ބުނީ ޒުވާނުން ހަތީބުން ތަމްރީނުކުރުމަށް މިއަދު ފެށީ ތިންވަނަ ބުރުގައި257 ޒުވާނަކު ބައިވެރިވެފައިވާކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1000 ހަތީބުން ތަމްރީނުކުރުންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

your imageޒުވާން ހަތީބު ޕްރޮގްރާމްގެ ތިންވަނަ ބުރުގެ ތެރެއިން

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ފުރަތަމަ ބުރުގައި 160 ކުދިން ބައިވެރިވިއެވެ. އަދި ދެވަނަ ބުރުގައި 206 ކުއްޖަކު ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގެ ދެ ބުރެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު، 270 އަށްވުރެ ގިނަ ހަތީބުން މިހާތަނަށް ސަނަދު ހާސިލްކޮށްފައިވައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ތިންވަނަ ބެޗް ނިމުމުން، ކުރީގެ ބެޗްތަކާ އެކު، ޖުމުލަ 500 ހަޠީބުން ތަމްރީނުވީކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިީދު ވިދާޅުވިއެވެ. 

your imageޒުވާން ހަތީބު ޕްރޮގްރާމްގެ ތިންވަނަ ބުރުގެ ތެރެއިން

ޒުވާން ހަތީބު ޕްރޮގްރާމްގެ އިތުރުން ކައުންސިލަރުން ހުތުބާ ކިޔަން ދަސްކޮށްދިނުމަށްވެސް ކޯހެއް އިސްލާމިކް މިނިސްޓްރީން އަންނަނީ ހިންގަމުންނެވެ. މިކޯހުގައި ބައިވެރިވާން ހުޅުވާލާފައިވާއިރު ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ފުރުސަތު ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް