ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމްޑީޕީއަށް 20 އަހަރު: މާލެއާއި އަތޮޅުތަކުގައި ހާއްސަ ހަފްލާތަކެއް
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި ހުންނަ އެ ޕާޓީގެ ހަރުގެތަކުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުތަކެއް މިއަދު ބާއްވައިފިއެވެ.
Advertisement

މާލޭގެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ހަރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ދިދަ ނަންގަވައިދެއްވީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ. އަދި ގައުމީ ދިދަ ނެންގެވީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވިއެވެ. ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ރަޖިސްޓަރީ ކުރީ 2005 ވަނަ އަހަރުގެ ޖޫން 26 ގައެވެ. އެމްޑީޕީގެ 20 އަހަރުގެ ތާރީހުގައި އެ ޕާޓީން ދެ ފަހަރު ސަރުކާރާ ހަވާލުވެ ވެރިކަން ކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގައި 43،755 މެންބަރުން ތިބިކަން އެނގެއެވެ. މި ގޮތުން އެމްޑީޕީއަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް