ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ:އެމްޑީޕީ
ނަޝީދު އެމްޑީޕީއަށް އެނބުރި ގުޅުނު ދަނޑިވަޅު: ސޯލިހް ވިދާޅުވީ ކީކޭ؟
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އެނބުރި ގުޅުއްވި ދަނޑިވަޅުގައި، އެމްޑީޕީ ކުރިއަށްދާނީ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ސޯލިހު މިހެން ވިދާޅުވި ނަމަވެސް ރައީސް ނަޝީދު އެނބި އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ބައިވެރިވެ ވަޑައެއް ނުގަނެއެވެ. 

އެމްޑީޕީ އަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހް ވިދާޅުވީ، ހުދުމުހުތާރު ގޮށްމުށްތަކުގެ ދަށަށް ގައުމު އަނބުރާ ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދި ޕާޓީގެ ހިތްވަރުގަދަ މެންބަރުންނަށާއި ތާއީދުކުރާ އެންމެންނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.

ނަޝީދުގެ އިތުރުން ޑިމޮކްރެޓްސް އުފެއްދި އެހެން ބޭފުޅުން ވެސް މިހާރު ވަނީ އެމްޑީޕީއަށް އެނބުރި ވަޑައިގެންފައެވެ. ސޯލިހް ވިދާޅުވިގޮތުގައި، އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްކުރި ޕާޓީއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް